logoEN
Sto top
މަސްވެރިންގެ މުޒާހަރާ: 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް، މެމްބަރު މައުރޫފް ހިމެނޭހެން 3 މީހަކު ހައްޔަރަށް!

މަސްވެރިންގެ މުޒާހަރާ: 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް، މެމްބަރު މައުރޫފް ހިމެނޭހެން 3 މީހަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

12/11/2025, 8:19:07 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ބޮޑު ކަންނެލީގެ މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީސް މެމްބަރަކު ހިމެނޭހެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން އިސްނަގައިގެން މާލެ ސަރަހައްދުން ކަނޑުމަތީގައި ބޮޑު މުޒާހަރާއެއް ފެށީ އިއްޔެ ހެނދުނުއެވެ. އެެގޮތުން މި މުޒާހަރާގައި 50 އަށްވުތެ ގިނަ ދޯނިން އަންނަނީ ބައިވެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު ވަނީ ަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުންދާ ކަން ހާމަކޮށްފައެވެ. އެގޮތުން މިއަދު ފުލުހުން އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާ ކަމަށް މީޑިއާ އޮފިޝަލް ހާމަކުރެއްވި އެވެ.

ފުލުހުން ދޯނިތަކަށް އެރުމާއިއެކު މުޒާހާރާ ހޫނުވެގެންދިޔައިރު ބަޔަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު އަންނަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅިގެން މީޑިއާ އޮފިޝަލް ވިދާޅުވީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭކަންވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް އަކީ ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓްރީކަން މަޖިލީހަށް އިންތިހާބުވުމުގެ ކުރީންވެސް އަދާކުރައްވަމުންދާ ބޭފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC