logoEN
Sto top
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް!

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް!

ހުސައިން އަހްމަދު

logo

12/10/2025, 9:39:27 AM

# ރައީސް މުއިއްޒު# ގާނޫނުލް އުގޫބާތު# ޖުވާ

ފޮޓޯ: ގާފު އޮންލައިން

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުވައިފިއެވެ.

Wamco

މި ބިލު މަޖިލީހަށް ފޮނުވި އިރު ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ނަންނަމުގައި ބެޓްކޮށްގެން އޮންލައިންކޮށް ޖުވާކުޅުން ހުއްޓުވުމަށް ޤާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނާއިބު އަޙުމަދު އުޝާމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނާއިބު ވިދާޅުވެފަވަނީ އޮންލައިންކޮށް އެކި އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް މެދުވެރިކޮށް ޒުވާނުންގެ މެދުގައި އޮންލައިން ބެޓިން ނުވަތަ އޮންލައިން ޖުވާކުޅުން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކަންބޮޑުވާންޖެހޭ ވަރަށް އޮތް މި މައްސަލަ ހުއްޓުވުމަށް އެއްވެސް ޤާނޫނަކަށް މިހާތަނަށް އިސްލާހެއް ގެނެވިފައި ނުވާކަން ފާހަގަކުރައްވައި އުޝާމު ވިދާޅުވީ، އެކަން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ބަދަލުގެނައުމުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި އެކަން ތަންފީޒުކުރައްވާނެ ކަމަށެވެ.

ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން "ކިރާ.ބެޓް" ކިޔާ ސައިޓެއް މިހާރު ވަނީ ބްލޮކްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC