logoEN
Sto top
ވިލިނގިލި ނެރުމަތިން ލޯންޗަކާއި ފެރީއެއް ޖެހި އެކްސިޑެންޓެއް!

ވިލިނގިލި ނެރުމަތިން ލޯންޗަކާއި ފެރީއެއް ޖެހި އެކްސިޑެންޓެއް!

އަހުމަދު ޝުރާއު

logo

12/9/2025, 3:23:56 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގއ ވިލިނގިލި ނެރުމަތިން ލޯންޗަކާއި ފެރީއެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ގއ. ވިލިނގިލީގައި ދުއްވާ ލޯންޗަކާއި ކޫއްޑޫގައި މީހުން އުފުލުމަށް ދުއްވާ ދޯނި ފެރީ ވިލިނގިލި ނެރުމަތިން ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2025 ޑިސެމްބަރު 08ވަނަ ދުވަހު 19:26ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި މީހަކަށް އަނިޔާވެފައިނުވި ނަމަވެސް ލޯންޗަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ލޯންޗު ދިޔަވާން ފެށުމުން އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ލޯންޗު ފަޅަށް ވައްދައި ކެރޭނެއް ބޭނުންކޮށްގެން ލޯންޗު ނަގާފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ވިލިނގިލީ ފަޅަށް ވަންނަން އައި ކޫއްޑޫ ފެރީއާއި ބަނދަރުން ނުކުންނަން ދިޔަ ލޯންޗު ޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC