
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީއެއް: ފިރިހެން މީހާގެ ބުރަކަށްޓަށް ހަމަލާދިނީ ތޫނު އެއްޗަކުން!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދެ ލޯބިވެރިންގެ މެދުގައި ހިނގި ޒުވާބެއް މާރާމާރީއަކަށް ބަދަލުވެ ދެމީހުންނަށްވެސް ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:05 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެގޮތުން މިމާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށާއި މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.
ގުޅުންހުރި

ވިލިނގިލި ނެރުމަތިން ލޯންޗަކާއި ފެރީއެއް ޖެހި އެކްސިޑެންޓެއް!

ދެ ލޯބިވެރިންގެ މެދުގައި މާރާމާރީއެއް: ފިރިހެން މީހާގެ ބުރަކަށްޓަށް ހަމަލާދިނީ ތޫނު އެއްޗަކުން!

ކޯޓަށް ހާޒިރުކުރުމަށް ދިވެއްސަކު ހޯދަނީ





