
-
މާލޭގެ ގެއެއްގެ ސިޑިގޮޅިން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓިފައިވާ ކަމުގެ ރިޕޯޓު މިއަދު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ރޮޓަންއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި

ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފި

ހުއްދަ ނެތި މުޒާހަރާކުރެވޭނީ ހޯމްލޭންޑުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެކަނި، އެނޫންތަނެއްގައި މުޒާހަރާކުރަން ފުރުސަތު ނުދޭނަން - ފުލުހުން




