
-
މޯލްޑިވްސް ޕޮލިޓެކްނިކްގެ "އޯޕަން ޑޭ-ސްކިލް ފެސްޓް 2025" ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މި އޯޕަން ޑޭ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގެ ދަށުން، ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ މަޢޫލޫމާތު ހޯދުމާއި، އެކި މަސައްކަތްތަކާއި ގުޅޭ ހަރަކާތްތަށް ބަލައިލުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ކޭކް ޑިޒައިނިންކުރުމާއި، ފެޝަން ޑިޒައިނިންގ ފަދަ ތަފާތު ފަންނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި އިވެންޓްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، އާކިޓެކްޗަރ، ވަޑާންކުރުން، މެކޭނިކަލް އިންޖީނިއަރިންގ،ވިޔަފާރި، ޓެކްނިލޮޖީ އަދި އެކި ފަންނީ އުފެއްދުންތެރި ދާއިރާތަކާއި ގުޅޭ ވޯކްޝޮޕްތަކާއި އެ މަސައްކަތްތައް ކުރާގޮތް އާންމުންނަށް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއި ބައްދަލުކޮށްފި
-1765079250590.webp&w=3840&q=75)
ޕޮލިޓެކްނިކުން ތައްޔާރުކުރި ދިވެހި ތަރިކައިގެ ބައެއް ނަކަލު މިނިސްޓްރީއަށް ހަދިޔާކޮށްފި

ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު އެއްބަސްވުމެއް!





