
ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް މުއިއްޒު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް - ނައިބު ރައީސް
# ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް-
ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހޯއްދެވި ތާރީޚީ ކާމިޔާބީއަށް އެމަނިކުފާނަށް މަރުހަބާ ދަންނަވައި ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި ކަމަށާއި އިއްޔެ ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި ކަމަށެވެ.
މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީރައީސް މުއިއްޒު ގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން ކަމަށެވެ.
އަދި ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި އެމަނިކުފާނު މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއްކަމުގައި ނައިބު ރައީސް ވިދާޅުވީ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް އިއްޔެ މެންދުރު ވަޑައިގަތުމާއެކުގައެވެ.
ގުޅުންހުރި

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް މުއިއްޒު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް - ނައިބު ރައީސް

ޢިލްމު ފޯރުކޮށްދިނުމަކީ ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށް ވާންޖެހޭ - ނައިބު ރައީސް

ނައިބު ރައީސް "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ހުޅުއްވައިދެއްވައިފި





