
-
ފަނަރަ އަހަރަށް ފަހުގައި ސްކޫލްތަކުގެ ދަށުން ކޭމްޕް ދާނެ ތަނެއް ކްރޮސްރޯޑްގައި މިއަދު ހުޅުވައިފިއެވެ.

ކޭމްޕުކުރުމަށް ޚާއްސަ ސަރަހައްދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރާއި ކެޑޭޓު، ގާލްގައިޑު އަދި ސްކައުޓު ހަރަކާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކްރޮސްރޯޑުގައި ތަރައްޤީކޮށްފައިވާ މި ކޭމްޕު ސަރަހައްދަކީ 3 ހެކްޓަރުގެ ސަރަހައްދެކެވެ.. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ. މިތަން ތަރައްޤީކޮށްފައިވަނީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދަރިވަރުންނަށް އެކިއެކި ހުނަރު ދަސްކޮށް ދިނުމަށް މި ތަން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ތަނަކީ އެފަދަ ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ބިމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި ތަން ތިމާވެއްޓާ ގުޅޭ ގޮތުން ދިރާސާތައް ހެދުމަށާއި ފިޝަރީސް ސައިންސް ދަތުރުތަކަށް ބޭނުންކުރެވޭނެކަން ޝަފީއު ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގައި މެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށް ރައީސްގެ ތަހުނިޔާ!

ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ނިންމަވައިފި

މަންދޫ ޒުވާނުންގެ ދައުވަތަކަށް އެރަށަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ރައީސް މުއިއްޒު!





