logoEN
Sto top
ސައްޚަ ލިޔެކިޔުންތައް ނެތި ރ. އަތޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަނީ

ސައްޚަ ލިޔެކިޔުންތައް ނެތި ރ. އަތޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަނީ

އަހުމަދު ޝުރާއު

logo

10/5/2025, 6:20:29 AM

# މޯލްޑިވްސް އިމިގްރޭޝަން

-

ސައްޚަ ލިޔެކިޔުންތައް ނެތި ރ. އަތޮޅުގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ މައްސަލަ ބޮޑުވެ އެކަމަަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފިއެވެ.

Wamco

މި މަޝްވަރާކުރީ ރ. އަތޮޅު ކައުންސިލް މެމްބަރުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙްގެ އަޒިހަށް ކުރެއްވި ޒިޔާރަތެއްގައެވެ.

މި ބައްދަލުވުމުގައި ލިޔެކިޔުން ނެތި ހިޖުރަކުރާ ބިދޭސީންނާއި، ލައިސަންސް ނެތި ވިޔަފާރި ކުރާ ބިދޭސީން ފާހަގަވާ ކަމަށް ރ. އަތޮޅު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އަދި އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި، މިކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ރ. އަތޮޅު ކައުންސިލް މެމްބަރުންނަށް ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފްގެ އިތުރުން ކައުންސިލްގެ ބައެއް މެމްބަރުންނާއި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން ރ. އަތޮޅު ކައުންސިލުން މިފަދަ މަޝްވަރާތަކެއްކޮށްފަ ވާއިރު ރާއްޖެ 07 ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި ރަށްރަށުގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ ކަމަށް ކޮންޓްރޯލަރ ވަނީ ދާދި ފަހުންވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަޞީޙް މީގެ ކުރިން ވިދާޅުވެފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަވާއިރު މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވިނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8000އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC