
ނޮވެމްބަރު 1 ގައި ސިވިލް ސާވެންޓުންނާއި ކައުންސިލް އަދި ޖުޑީޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
# ރައީސް މުއިއްޒުވެލާނާގެ - ފޮޓޯ | ސަން
ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ، 2026 ގައި ބޮޑުވެގެންދާނެކަމުގައި ވިދާޅުވެފައިވެއެވެ.
ސިވިލް ސާވެންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ރައީސް އިއުލާން ކުރެއްވި ނަމަވެސް މުސާރަ ބޮޑުވާ މިންވަރުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ކެނެޑާގެ އާ ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ!

ވިދިވިދިގެން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ރެކޯޑާއެކު މޯދީއަށް، ރައީސް ޑރ. މުޢިއްޒުގެ މަރުޙަބާ!

ރައީސްއާ ގުޅުވައި ޝަމްއާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް - ސަރުކާރު




