
މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް އަންނަ އަހަރުގެ ބަޖެޓުން ޗުޑީޝަރީއަށް ކަނޑައަޅުއްވާނަން - ރައީސް
# ރައީސް މުއިއްޒު-
މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް އަންނަ އަހަރު ޗުޑީޝަރީއަށް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓަވައި، ޖުޑީޝަރީ މިނިވަންކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ނިޒާމު އޮތް ގޮތުން ޖުޑީޝަރީއަށް ނިކަމެތިކަމެއް ލިބޭ ކަމަށާ، ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރުން ފަށައިގެން ބަޖެޓަށް ގެންނަވާ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމަށެވެ.
އެގޮތުން ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައަޅުއްވައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރަން ފެއްޓެވުމުން، ޖުޑީޝަރީ ހިންގުމަށް ބޮޑު މިނިވަންކަމެއް ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް މިކަމަށް ކަނޑައަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޖުޑީޝަރީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތްވެސް ހުޅުމާލޭގައި ފެށޭނެ ކަމަށެވެ.
އަދި އެމަނިކުފާނާއި ، ރައީސް އޮފީހަކުންވެސް، ސަރުކާރުގެ އެއްވެސް މުޢައްސަސާއަކުން، އެއްވެސް އޮފީހަކުންވެސް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސްކަމެއްގައި ހުކުމެއް ކުރުމުގައި ކުރަންވީގޮތެއް، ނުކުރަންވީ ގޮތެއް ބަލައިފައެއްވެސް ނޯންނާނޭކަން ފާހަގަކުރައްވައި ރައީސް ވަނީ 17 ނޮވެންބަރު 2023ގައި ވެރިކަމުގެ ހުވާކޮށް، ރައްޔިތުންނާ މުޚާޠަބުކޮށް އިޢުލާންކުރި ގޮތަށް، އެ ވަގުތުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަރީ އަކަށް އެއްވެސް ނުފޫޒެއް ސަރުކާރުން ފޯރުވާފައިނުވާނެ ކަމަށް ވިދާޅުވެފައި އެވެ.
ގުޅުންހުރި

މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް އަންނަ އަހަރުގެ ބަޖެޓުން ޗުޑީޝަރީއަށް ކަނޑައަޅުއްވާނަން - ރައީސް

އެސްޓީއޯ ދެން ހާއްސަވާނީ ކާބޯތަކެތީގެ ވިޔަފާރިއަށް، ދާދި އަވަހަށް ޕޯލްޓްރީ ފާރމިންގ އަށް އިންވެސްޓުކުރާނެ - ރައީސް

އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުމަށް އަންނަ މަހު އައްޑޫ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަނީ
