logoEN
Sto top
ކުރީގެ ރައީސުންނާއި މެމްބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅަނީ

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅަނީ

އަހުމަދު ޝުރާއު

logo

9/10/2025, 1:30:49 PM

# ރައީސް މުއިއްޒު

-

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ސަރުކާރުން ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިރޭ ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރުކުރެވެމުންދާކަން ރައީސް ހާމަކުރެއްވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވި އިރު ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންނަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމުގެ ވިސްނުން ރައީސް ވަނީ މިފަހުން މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާވެސް ހިއްސާކުރައްވާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC