
އިމިގްރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތުތައް ތަފްސީލާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް!
# މޯލްޑިވްސް އިމިގްރޭޝަން-
އިމިގްރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތުތައް ތަފްސީލާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

"އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިމިގްރޭޝަންގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވުނު ޚާއްސަ ހަފްލާއެއްގައި އެވެ. އެރަސްމިއްޔާތުގައި "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އަދި މި ޕްރޮގްރާމުގެ އެޕިސޯޑުތައް މި ސެޕްޓެމްބަރު މަހުން ފެށިގެން އިމިގްރޭޝަންގެ މީސް މީޑިއާ މަންސަތަކުން ދައްކަމުންދާނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވުނު ރަސްމިއްޔާތުގައި އިމިގްރޭޝަން މުވައްޒަފުންނަށް ޚާއްސަކޮށްގެން އެމްޕަވަރިންގ އޯލްގެ ފައުންޑަރ އަދި ކަސްޓަމަރ ސަރވިސް ސްޓްރެޓެޖިސްޓެއް ކަމުގައިވާ މަސްއޫދު ޢަލީ ވަނީ ސަރވިސް ކަލްޗަރ އާއި އެންގޭޖްމަންޓް އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ސެޝަނެއް ނަންގަވާދެއްވާފައި އެވެ.
ގުޅުންހުރި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އިމިގްރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތުތައް ތަފްސީލާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް!

މާދަމާ ސަރުކާރު ބަންދަސް މާލެ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ!
