logoEN
Sto top
ނާވައިދޫއިން 7 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއަށް!

ނާވައިދޫއިން 7 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

8/25/2025, 11:32:48 AM

# އެމްޓީސީސީ

-

ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ،ު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ އޮނަރަބަލް މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިމަޝްރޫޢުގެ ދަށުނ،ް 7 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 82.64 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކުރި މަޝްރޫއެކެވެ.

450މީހުންގެ އާބާދީއެއް އޮންނަ ނައިވާދޫ އަކީ ފަތުރުވެރިކަމާއި ގެސްޓް ހައުސް ވިޔަފާރީގައި ގިނަ ރައްޔިތުންތަކެއް ހަރަކާތްތެރިވާ ރަށެކެވެ. މިއަދު ސޮއިކުރި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރަށު ރައްޔިތުންނަށ،ް ބޯހިޔަވަހިކަމަށް ގޯތިގެދޮރު އިމާރާތް ކުރުމަށާއި އިޤްތިސާދީ އަދި ސިނާޢީ މަސައްކަތްތަކަށް ޖާގަ ތަނަވަސް ބޮޑު ބިމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަކީ މިހާރު ރައްޔިތުން ތަޙައްމަލު ކުރަމުންދާ އުނދަގޫ މައްސަލައެކެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC