logoEN
Sto top
ބޮޑުތަކުރުފާނު އުތުރު ފަރާތު މަގު ހެދުމުގެ މަޝްރޫޢު: ފުރަތަމަ ސެގްމެންޓުގެ ޝީޓް ޕައިލްކުރުން ފެށިއްޖެ

ބޮޑުތަކުރުފާނު އުތުރު ފަރާތު މަގު ހެދުމުގެ މަޝްރޫޢު: ފުރަތަމަ ސެގްމެންޓުގެ ޝީޓް ޕައިލްކުރުން ފެށިއްޖެ

އަހުމަދު ޝުރާއު

logo

8/23/2025, 3:39:08 PM

# އެމްޓީސީސީ

-

ބޮޑުތަކުރުފާނު އުތުރު ފަރާތު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ އާންމުކޮށްފައެވެ. އެގޮތުން އެކުންފުނީން ބުނީ ބޮޑުތަކުރުފާނު އުތުރު ފަރާތު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ސެގްމަންޓް 1 ސަރަޙައްދުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށި މިދިޔަ ބުރާސްފަތިދުވަހުގެ ހަވީރު އެވެ. އެގޮތުން ފުރަތަމަ ސެގްމެންޓުގެ ގޮތުގައި މަސައްކަތްކުރިޔަށްދަނި އެމްއެމްއޭ ސަރަހައްދުން ފެށިގެން ފުލުހުންގެ މައި އިދާރާއާއި ހަމައަށެވެ. އެގޮތުން ރަސްމީ ފާލަން ހުންނަ ސަރަހައްދުގެ ފަޅު ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް މި ސެގްމެންޓުގައި ކުރާނެ އެވެ.

އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 144,509,024.16 ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަޑުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއިއެކު 830 މީޓަރުގެ މަގުގައި (ހުޅުމާލެ ފެރީޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ތާރު އެޅުން ހިމެނެއެވެ.

އަދި މި މަސައްކަތުގެ ތެރެއިން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC