.webp&w=3840&q=75)
-
މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އަލްފާޟިލާ އާއިޝަތު ސާމިޔާ ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އައްޔަނު ކުރައްވައިފިއެވެ

އައިޝަތު ސާމިޔާއަކީ ނިމިދިޔަ 05 އަހަރުގައި ވެސް ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީއެވެ.
ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި މިރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންނާއި ހެލްތު މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އައިޝަތު ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަރސިޓީ އިން މާސްޓަރ އޮފް ހެލްތު ސާރވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޮސްޓްރޭލިޔާގެ ކާރޓިން ޔުނިވަރސިޓީއިން ބެޗެލަރ އޮފް ހެލްތު އިންފޮރމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ސިއްޙީ ދާއިރާގެ ކަންކަމުގައި މަސްޢޫލުވެއުޅުއްވާތާ 25 އަހަރު ވެފައިވާއިރު، ވަޒީފާގެ މައިދާނުގައި މި ދާއިރާއިން އެންމެ ފުރަތަމަ އަދާ ކުރައްވަން ފެއްޓެވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ. އޭގެ ފަހުން އައި.ޖީ.އެމް.އެޗް އަދި މިނިސްޓްރީ އޮފް ހެލްތުގެ އެކިއެކި ޑިޕާރޓްމަންޓުތަކުގެ ސީނިޔަރ މަޤާމުތައް ވަނީ ސާމިޔާ ފުރުއްވާފައެވެ.
މިގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޜަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާ ކުރައްވާފައިވެއެވެ.
ގުޅުންހުރި

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ސާޖިކަލް ކޭމްޕެއް ފެށިގެން ކުރިޔަށް!

ގޭގެއަށްގޮސް އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިޔަށްގެންދިޔުމަށް މަޝްވަރާކޮށްފި
