.webp&w=3840&q=75)
މޫސުން ގޯސް ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވާން ސިފައިންގެ އިލްތިމާސް!
# އެމްއެންޑީއެފްދިވެހި ކޯސްޓްގާޑު - ގާފު ފޮޓޯ
ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެފައިވުމާއި އެކު މިދުވަސްވަރު ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި، ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާކޮށްފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުދަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ޖުލައި 17 އިން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގުމުސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެެގޮތުން ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ޚާއްސަކޮށް ކަނޑުއޮޅިތަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އޭގެ އިތުރުން ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
ގުޅުންހުރި

މާލޭގެ ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް!

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފައިނުގައި "މޫދުކަސްރަތު" ޕްރޮގްރާމް ހިންގައިފި

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި
