
ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ އިތުރު ތިން އަތޮޅެއްގައި ފަށައިފި
# އެމްއެންޑީއެފް-
މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ އިތުރު ސަރަޙައްދުތަކުގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގެ މަރުހަލާ ރާއްޖޭގެ އެކިކަންކޮޅުގައި މިހާރު ފަށާފައިވާއިރު އެންމެ ފަހުން މި މަރުހަލާ ފަށާފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ އަދި ތ.ވޭމަންޑޫގައި އެވެ.
ދިފާއީ ވުޒާރާއިން ބުނީ މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެ ކަމަށެވެ
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

މާލޭގެ ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް!

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފައިނުގައި "މޫދުކަސްރަތު" ޕްރޮގްރާމް ހިންގައިފި

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި
