logoEN
Sto top
އެންމެ މޮޅު ފޯވާޑު ހޮވުމަށް އަލީ އަޝްފާގަށް ވޯޓު ދެއްވާ

އެންމެ މޮޅު ފޯވާޑު ހޮވުމަށް އަލީ އަޝްފާގަށް ވޯޓު ދެއްވާ

ގާފު އެޑިޓޯރިއަލް

logo

3/28/2021, 11:12:05 PM

ali-ashfag

އޭފްސީގެ އޮންލައިން ވޯޓިން ޕޯލުގެ ތެރެއިން އެންމެ މޮޅު ފޯވާޑު ހޮވުމަށް އެކުލަވާލި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު ހިމެނިިއްޖެއެވެ.

Wamco

އޭއެފްސީ ކަޕުގެ ޑްރީމް ޓީމެއް އެކުލަވާލުމުގެ ގޮތުން މިހާރު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި އަލީ އަޝްފާގު ހިމެނުނީ މި ސަރަހައްދުގެ 13 ފޯވާޑުންނާއި އެކުގައެވެ. މީގެތެރޭގައި އަވައްޓެރި އިންޑިއާގެ ސުނިލް ޗެތުރީވެސް ހިމެނުނު އިރު އެނާއާއި އެކު އޭޝިއާ ސަރަހައްދާއި އަރަބި ހިސާބު ގައުމުތަކުން ވިދާލި ކުޅުންތެރިންވެސް ހިމެނުނެވެ.

View post on Twitter

އޭއެފްސީން އެކުލަވާލާ ޑްރީމް ޓީމުގެ ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީވެސް ހިމެނުނެވެ. ނަމަވެސް ގިނަ ބަޔެއްގެ ވޯޓު އޭނާ ނުލިބޭތީ ފައިނަލުގެ ޓީމަކަށް އޭނާ ނުހޮވެއެެވެ.

ދިވެހިރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކޭ އަލީ އަޝްފާގު ( ދަނގަޑޭ ) ވަނީ އޭއެފްސީން ހުޅުވާލި އެންމެ ރީތި ގޯލު ހޮވުމަށް ބޭއްވި ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައެވެ. އޭއެފްސީ ކަޕަކީ ދަގަނޑޭގެ ކެރިއަރުގައި ބޮޑުބައެއް ހިއްސާކޮށްފައިވާ މުބާރާތެކެވެ. އުމުރުން 18 އަހަރުގައި އޭއެފްސީ ކަޕުގައި ކުޅެން ފެށި ދަގަނޑޭ ވަނީ ކޮންމެ މުބާރާތެއްގައި ވެސް ބޮޑު ތަފާތުތަކެއް ދައްކާ އެތަށް ދިވެއްސެއްގެ ލޯބި ހޯދައިފައެވެ

މި ވޯޓުގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside