logoEN
Sto top
ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

7/12/2025, 9:24:58 AM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، އެންމެހައި ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

Wamco

އެމަނިކުފާނު މި ދެ މުނާސަބަތުގެ ތަހުނިޔާ، ދިވެހި ރައްޔިތުންނަށް ފޮނުއްވީ، އެ މަނިކުފާނުގެ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް، ދަންމަރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ޝުކުރު ދަންނަވާފައިވެއެވެ.

މިއަދު ފާހަގަކުރަމުންދާ ލައިބްރަރީ ދުވަހާއި ދިމާކޮށް ރާއްޖޭގެ ފުރަތަމަ އިސްލާމީ ކުތުބުހާނާ ހުޅުވުމަށް މިރޭ ވަނީ ނިންމާފައި އެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ދާނީ 15 ހާސް ފޮތާއެކުގައި އެވެ. އެގޮތުން ކުތުބުހާނާ ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އެވެ. މި ކުތުބުހާނާ ހުންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside