logoEN
Sto top
ވީއައިއޭގެ އާ ޓަރމިނަލް ސަރަހައްދުގައި ފަސްމިލިއަންގަސް ޕްރޮޖެކްޓްގެ ދަށުން ގަސްއިންދައިފި

ވީއައިއޭގެ އާ ޓަރމިނަލް ސަރަހައްދުގައި ފަސްމިލިއަންގަސް ޕްރޮޖެކްޓްގެ ދަށުން ގަސްއިންދައިފި

އަހުމަދު ޝުރާއު

logo

7/8/2025, 1:03:07 PM

# ވީއައިއޭ

-

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އިމާރާތްކުރަމުންދާ އާ ޓަރމިނަލް ބައްލަވައިލައްވައިފިއެވެ.

Wamco

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މި ޓަރމިނަލަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސްމިލިއަން ގަސްއިންދުމުގެ ޕްރޮޖެކްޓްގެ ދަށުން ގަސްއިންދުމުގެ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

މިނިސްޓްރީން ބުނީ ޠާރިޤްގެ މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް ތަރައްޤީކުރަމުންދާ ވެލާނާ އެއަރޕޯޓްގެ އާ ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވައިލެއްވުން ކަމަށާއި މި ޓަރމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އަދި އިޤްތިޞާދަށް ދިރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިނިސްޓަރ ވަނީ ޓަރމިނަލްގެ އެތެރޭގެ އިންތިޒާމްތަކާއި، ފަސޭހަކޮށްދެވޭނެ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.

މިނިސްޓަރ ޠާރިޤް ވަނީ އެސަރަހައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ. މިކަމުގެ ސަބަބުން ތިމާވެށީގެ ގައުމީ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެލާނާ އެއަރޕޯޓްގެ އާ ޓަރމިނަލް ހުޅުވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، އެއަރޕޯޓްގެ ޚިދުމަތްތަކުގެ ފެންވަރު އިންތިހާއަށް މަތިވެގެންދާނެ ކަމަށާއި މިއީ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަރުޙަލާއެއްގެ ގޮތުގައި މިނިސްޓްރީން ހާމަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside