logoEN
Sto top
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

އަހުމަދު ޝުރާއު

logo

7/4/2025, 11:34:32 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގައި ދިވެއްސަކު ރަހީނުކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި އައްޑޫ ސިޓި ފޭދޫ ސުވާސާގެ އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އެގޮތުން ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެމީހާ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގުން ކުރި މަސަައްކަތުން އެމީހާ ހުރި ތަން ހޯދައި މިއަދު އެމީހާ ސަލަމާތްކޮށް މައްސަލާގައި ތުހުމަތުކުރެވޭ މީހާ ކުށުގެ ވެށީން ހައްޔަރުކުރީ އިއްޔެ އެވެ.

މި މައްސަލަައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside