
ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމަށް ޒަކާތު ހައުސްއާއިއެކު މަޝްވަރާކޮށްފި
# މޯލްޑިވްސް ޒަކާތު ހައުސް-
ޖަލުތަކުގައި ތިބި ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން ޒަކާތު ހައުސްއާއިއެކު މަޝްވަރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ބުނީ އެ އިދާރާއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ބައްދަލުކުރައްވާ ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ގެ އިތުރުން ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިގޮތުން ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތުދަށް ޢާއިލާތަކަށް ޒަކާތު ހައުސް އިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެންހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސް އާއި ގުޅިގެން ޒަކާތު ހައުސްއިން ފޯރިކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިވެއެވެ.
ޒަކާތު ހައުސް އަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތަށް އާއިލާތަކަށް ޟަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮއްދެމުން އަންނަ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ. ޒަކާތު ހައުސްއިން ބުނީ އެ އިދާރާގެ އެންމެ ބޮޑު މަޤުސަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮއްދިނުން ކަމަށެވެ.
ގުޅުންހުރި

ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމަށް ޒަކާތު ހައުސްއާއިއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އައިއައިޔޫއެމްއާއި ދެމެދު އެއްބަސްވުމެއް!

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލެއް!
