logoEN
Sto top
އެފްއޭއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އެފްއޭއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

6/30/2025, 6:34:51 PM

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

-

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން(އެފްއޭއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސްގެ 44 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

Wamco

އިޓަލީގެ ރޯމްގައި ކުރިޔަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.

އެފްއޭއޯގެ މި ކޮންފަރެންސަކީ އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިންސާނުންނަށް ހަރަކާތްތެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކާނާ މެދުކެނޑުމެއްނެތި ލިބޭކަން ޔަޤީންކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް އަކީ އެފްއޭއޯގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލީހެވެ. މެންބަރު ޤައުމުތައް އެއްވެ، ދަނޑުވެރިކަމާއި، ފޮރެސްޓްރީއާއި، މަސްވެރިކަމާއި، އަދި ރަށްފުށުގެ ތަރައްޤީއާ ގުޅޭގޮތުން ޖަމްޢިއްޔާގެ މަސައްކަތްތަކަށް މުޅި ސިޔާސަތުތަކާއި، ސްޓްރެޓެޖިކް އޮނިގަނޑާއި، ދުރު ރާސްތާގެ ތަޞައްވުރު ކަނޑައަޅައެވެ.

އަދި ކޮންފަރެންސްއިން ކުރިއަށް އޮތް ދެ އަހަރަށް އެފްއޭއޯގެ މަސައްކަތުގެ ޕްރޮގްރާމާއި ބަޖެޓް މުރާޖަޢާކޮށް ފާސްކުރެއެވެ. މިއިން ކަނޑައެޅެނީ ޖަމްޢިއްޔާގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ދުނިޔޭގެ ފެންވަރުގައި ހިންގާނެ ވަކި އިސްނެގުންތަކާއި މަޝްރޫޢުތަކެވެ.

މީގެ އިތުރުން މިއީ މެންބަރު ޤައުމުތަކަށް ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޙާލަތު މުރާޖަޢާކޮށް، ހައިހޫނުކަމާއި ކާބޯތަކެތީގެ ނިޒާމުތަކާ ގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ދިމާލަށް ކުރެވިފައިވާ ކުރިއެރުން ވަޒަންކޮށް، އަދި އެފްއޭއޯގެ މަސައްކަތުގެ ފެންވަރާމެދު ޖަވާބުދާރީކުރުވުމުގެ މަޖިލީހެކެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޒީރުންނާއި އިސް އޮފިޝަލުން އެއްތަނަކަށް ގެނެސް، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، އެންމެ ރަނގަޅު އާދަތައް ހިއްސާކޮށް، އަޮށް، އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ކާބޯތަކެތީގެ ހާލަތު ގޯސްވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް މެނޭޖްކުރުން ފަދަ ދުނިޔޭގެ އުނދަގޫ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުން ވިލަރެސްކުރެއެވެ.

މި ކޮންފަރެންސްއިން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލާއި ކައުންސިލްގެ މިނިވަން ޗެއަރޕަރސަން އަދި އެހެނިހެން މުހިންމު މަޤާމުތަކަށް މީހުން އިންތިޚާބުވެސް ކުރާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside