logoEN
Sto top
ދެވަނަ ޑޯޒް ފަށާނެ ތާރީހެއް އިއުލާންކުރާނީ އިތުރު ޝިޕްމަންޓެއް ލިބުމުން

ދެވަނަ ޑޯޒް ފަށާނެ ތާރީހެއް އިއުލާންކުރާނީ އިތުރު ޝިޕްމަންޓެއް ލިބުމުން

އަހުމަދު ޝުރާއު

logo

3/28/2021, 4:41:26 PM

l_161243406648LY3h

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ތާރީހެއް އިއުލާން ކުރާނީ ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑު ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

Wamco

ހެލްތް މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު އާއި ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމަށްވާ " ވަން އޮންލައިން " ގައި ރިޕޯޓޫކޮށްފައިވާ ގޮތުގައި ދެވަނަ ޑޯޒު ޖަހަން ފަށާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށާއި އެ ތާރީހު ކަނޑައަޅާނީ ކޮވިޝީލްޑު ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބުމުން ކަމަށާއި ދެވަނަ ޑޯޒު ވެސް ޖަހަން ފަށާނީ ފުރަތަމަ ޑޯޒު ޖެހި ތަރުތީބުން ކަމަށެވެ. ދެވަނަ ޑޯޒު ޖަހަން ޖެހޭ ދުވަސް އެސްއެމްއެސްއަކުން ނުވަތަ ހެލްތު.އެމްވީން އަންގާނެ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށަން ނިންމާފައި އޮތީ އަށް ހަފުތާ އާއި 12 ހަފުތާއާ ދޭތެރޭގައި ކަމުން, އެ މުއްދަތުގެ ކޮންމެ ތާރީހެއްގައި ވެސް ދެވަނަ ޑޯޒު ޖެހޭނެ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

މިއަދަކީ ރާއްޖޭގައި ކޮވިޝިލްޑް ވެކްސިން ޖަހަން ފެށިތާ އަށް ހަފުތާވި ދުވަހެވެ. ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside