logoEN
Sto top
ޓްރާންސްޕޯޓް ބަލިކޮށް ވިލާ އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި

ޓްރާންސްޕޯޓް ބަލިކޮށް ވިލާ އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

6/29/2025, 3:50:11 PM

# ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ވިލާ އާއި ޓްރާންސްޕޯޓް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި ވިލާ އާއި ޓްރާންސްޕޯޓް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވިލާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވިލާ ކުޅުނު ފުރަތަމަ މެޗުގައި އެމްސީބީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކަސްޓަމްސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި ޓްރާންސްޕޯޓްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ކަސްޓަމްސް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އެމްސީބީ ބަލިކޮށްގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ވިލާ ޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 11-14 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ވިލާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މިސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 12-06 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވީލާ ޓީމުގެ ޝާހިޔާ އާދަމް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވިލާ އިން ކުއާޓާ ފައިނަލް ޔަގީންކުރިއިރު، މިމެޗުން ބަލިވި ޓްރާންސްޕޯޓް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ދެޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.

23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.

މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside