logoEN
Sto top
 ޒުވާން ޚަޠީބުންގެ ތިންވަނަ ބުރުގެ ބައިވެރިންނާއި ވަޒީރު ޝަހީމް ބައްދަލުކުރައްވައިފި

ޒުވާން ޚަޠީބުންގެ ތިންވަނަ ބުރުގެ ބައިވެރިންނާއި ވަޒީރު ޝަހީމް ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/29/2025, 7:44:31 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޒުވާން ޚަޠީބުން ތަމްރީނު ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ ބައިވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ ތަމްރީނުތައް ރޭ ނިންމާލާފައިވާއިރު، މި ބުރުގައި 257 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕްރޮގުރާމުގައި ބައިވެރިވެ ހުރިހާ ކުދިންނަށް ވުޒާރާގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށާއި، ޕްރޮގުރާމުގައި ބައިވެރިވެ ޒުވާން ކުދިން ޚިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށެވެ. ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި އިމާމުކަމާއި ޚަޠީބުކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަކަމުގައި ވީނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށާއި މިކަމުގައި ކުރިއަށް ދިއުމަށް ވަޒީރު ވަނީ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޚަޠީބަކަށްވުމަށްފަހު އާއްމު ދިރިއުޅުމުގައިވެސް އިސްލާމީ އުސޫލާއި އެއްގޮތަށް ރިވެތި އަޚުލާޤާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

’ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside