logoEN
Sto top
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް"ގެ އެސޯސިއޭޓް ޕާޓްނަރއަކަށް ސްޕޯޓްސް މިނިސްޓްރީ

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް"ގެ އެސޯސިއޭޓް ޕާޓްނަރއަކަށް ސްޕޯޓްސް މިނިސްޓްރީ

ހަސަން ޝަމްއޫން

logo

6/24/2025, 11:15:06 AM

# ދިވެހި ކުޅިވަރު # ގދ އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ... ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގެ އެސޯސިއޭޓް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސައިފިއެވެ.

Wamco

ސްޕޯޓްސް މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި ހޯމަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.

ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ތިނަދޫ ސިޓީގައި ބާއްވާ މިމުބާރާތަކީ މިއަތޮޅުގެ ޒުވާންގެ މެދުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް އަތޮޅުގެ ޒުވާންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕްކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

2025 ޖުލައި 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް ގދ. އަތޮޅު ކައުންސިލުން ވަނީ 25،000 އަދި ރަނަރަޕަ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside