
-
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކުރެވުނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުން ކޮންމެހެން ބޭނުންތެރި - ނައިބު

ޑޮމެސްޓިކްގެ ހިދުމަތްތައް ބޮޑު ޓާމިނަލަށް ބަދަލުވެގެން ދިޔުމަކީ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް - ނައިބު

ޑިޖިޓަލް ޒަމާނެއްގައި ރޭޑިއޯ ޕްލެޓްފޯމް ކުރިއަރައިގެން އަންނަތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވޭ - ނައިބު ރައީސް




