
ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ރޭ ބުނީ ލ ގަން ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިރޭ 19:02 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ސައިކަލު ގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، ބޯ ފެޅި އިތުރު އަނިޔާތަކެއް ވެފައިވާއިރު ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެވެސް ދޯ ދެތަނުން ފެޅި ކަނާތު ފައި ދެތަނަކުން ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި މި އެކްސިޑެންޓު ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.