
--
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިންގ ޕާޓްނަރ އަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޖޫން 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ލިބިގެންދާނެއެވެ.
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މިއަހަރު 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށް ލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށް ބީއެމްއެލްއިން ވުމަކީ އެބޭންކަށް ލިބޭ ލިބޭ ފަޚުރެއް ކަމަށެވެ.
' މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްވެސްމެ. މި ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." މޫސާ ނިމާލް ވިދާޅުވިއެވެ.
ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭ ފަޚުރެކެވެ.
ހޮޓެލިއާ މޯލްޑިވްސް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ޚިދުމަތްތެރިންގެ އަޒުވަޒަންކުރުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
ގުޅުންހުރި

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

ބީއެމްއެލުން މަސްވެރިންނަށް ފަސޭހައިން ފައިނޭންސިންގއަށް އެދި ހުށަހެޅޭ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި

ޕޭމަންޓު ސޮލިއުޝަންތައް އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލްއިން އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއިއެކު ދެ އެއްބަސްވުމެއް!





