
1484131506
ގދ ތިނަދޫއިން ކޮވިޑް-19 އަށް 6 މީހަކު ފައްސިވެއްޖެ އެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފައްސި ވެފައިވަނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި 3 ސާމްޕަލެއްގެ އިތުރުން ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި 3 ފަރާތެއް ހިމެނޭހެން 6 ފަރާތެކެވެ.
މިއާއި އެކު ތިނަދޫ ވަނީ މިހާރު މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ. ތިނަދޫ މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދު އިރުއޮއްސި 18:55 ގައި އެވެ.
" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހުންގެ ތެރޭގައި ތިނަދޫ ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކުވެސް ހިމެނެއެވެ.