logoEN
Sto top
ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް  ހައިސްޕީޑް ރޭލުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

5/26/2025, 6:13:27 PM

# ޙައްޖު 1446

--

ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ހައިސްޕީޑް ޓްރެއިންގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

Wamco

މިކަން މިރޭ ހާމަކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ޝަކީލް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ސައުދީއަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ މި އަހަރުންފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށެވެ.

މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށާއި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް ޝަކީލް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވަޑައިގެން4 މަސް ދުވަހުގެ ތެރޭގައި ވަނީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން އުމްރާ އަށް ދާ މީހުން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރުތައް ހައި ސްޕީޑް ރޭލުގައި ކުރުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަވައި ދެއްވާފައި އެވެ. ނަމަވެސް ހައްޖު މޫސުމުގައި ހައްޖަށް ދާ ދިވެހީންނަށް މިކަން ފަހިވެގެންދިޔަ ފުރަތަމަ ފަހަރަކީ މިފަހަރުގެ ހައްޖެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖުވެރިން މިއަހަރު މައްކާއިން މަދީނާއަށް ދިޔުމަށް ބޭނުންވާ ހަރަމައިން ހައި ސްޕީޑް ޓްރެއިން އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside