
ބީއެމްއެލްއިން ހުރާގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި: މިހާރު ކ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ލިބޭ!
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކ. ހުރާގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

ހުރާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ފަހު ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކ. އަތޮޅުގެ އިތުރުން މިހާރު ހއ.، ނ.، މ.، އަދި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް އެބޭންކުން ގާއިމުކޮށްފައިވާ ކަމަށެވެ.
އަދި މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޭންކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިޔަށްދާކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް." ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 123 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 178 އޭޓީއެމް، އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްއިން ބުނީ އެބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށެވެ.
ގުޅުންހުރި

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

ބީއެމްއެލުން މަސްވެރިންނަށް ފަސޭހައިން ފައިނޭންސިންގއަށް އެދި ހުށަހެޅޭ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި

ޕޭމަންޓު ސޮލިއުޝަންތައް އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލްއިން އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއިއެކު ދެ އެއްބަސްވުމެއް!





