logoEN
Sto top
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިދީފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިދީފި

އަހުމަދު ޝުރާއު

logo

5/18/2025, 12:13:35 PM

# ބީއެމްއެލް

--

ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިފިއެވެ.

Wamco

އެބޭންކުން މިއަދު ބުނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

118 ކޮޓަރީގެ މި ފަސް ތަރީގެ ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި 9 ރިސޯޓް ހިންގަމުންދާ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗަރ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން ތަރައްގީކުރާ ރިސޯޓެކެވެ.

މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަން ފާހަގަކުރައްވާ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓްގެ އިތުރުން ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ކަމަށެވެ.

"އަދި މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިންގ ޚިދުމަތެއް ފޯރުރުކޮށްދިނުމަށް ބޭންކުންދޭ އަހުމިއްޔަތުކަން ހާމަވެގެންދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside