
--
ހުޅުމާލެ ފޭސް 2 ގެ އެމް.ޕީ.އެލް ޓަވަރުގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

މިއަދު ވީޑީއޯއަކާއި އެކު ފުލުހުން ކުރި އިއުލާނެއްގައި ބުނީ ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެމް.ޕީ.އެލް ޓަވަރުގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ.
އެގޮތުން ފުލުހުން އާންމުކުރި ވީޑިއޯއިން އެދެމީހުންގެ އެޓަވަރުގެ އެޕާޓްމެންޓަކުން ލަގޭޖް ކުޑަ ފޮށްޓެއް ވަގަށް ނަގައިގެން ދުއްވައިގަންނަ މަންޒަރު ފެނެއެވެ. އެގޮތުން އޭގެ ތެރެއިން އެކަކު ހެލްމެޓެއް އަޅައިގެން ހުރި އިރު ދެވަނަ މީހާ ހުރީ ތޮތްޕެއް އަޅައިގެންނެވެ.
ފުލުހުން ވަނީ ޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައި އެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު ދަންނަވާފައި އެވެ.
ގުޅުންހުރި

6 ގްރާމުގެ މަސްތުވާތަކެއްޗާއިއެކު ވިލިނގިލިން ޒުވާނަކު ހައްޔަރުކޮށްފި
.png&w=3840&q=75)
ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލަނީ
.png&w=3840&q=75)
ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ އިންޑިއާ ތިން މީހަކު ހައްޔަރުކޮށްފި
