logoEN
Sto top
މަހުޒޫމް އާއި ޝިމަން ބަންދުން ދޫކޮށްލައިފި

މަހުޒޫމް އާއި ޝިމަން ބަންދުން ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

5/3/2025, 5:47:33 PM

# ރައީސް މުއިއްޒު

-

މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

Wamco

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެދެމީހުން މިރޭގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލި އިރު ކޯޓުން އެމީހުންގެ ބަންދަށް ތިން ދުވަސް ޖެހީ އިއްޔެ އެވެ.

މަހުޒޫމް އާއި ޝިމަން ފުލުހުންގެ ބަންދުން ދޫކޮށްލި ކަމަށް ފުލުހުންވެސް މިރޭ ކަށަވަރުކޮށްދިން ނަމަވެސް ތިން ދުވަހުގެ ބަންދެއް ޖެހުމަށްފަހު ކުއްލި ގޮތަކަށް ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެދެމީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

މިދިޔަ މަހުގެ 18 ވަނަ މާލޭގެ އިމާރާތަކުން ޒުވާނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށްބުނެ ޒުވާނުން ފެށި މުޒާހަރާ ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށްވެސް ކުރިޔަށް ދިޔައީ ސުލްހަވެރިކަމާއި އެކުގައި އެވެ. ނަމަވެސް އެރޭ ކުރިޔަށް ދިޔަ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside