
--
އޮޑިދޯނި ފަހަރު ބަނުމަށް ލުއިލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދުގެ ހެނދުނުން ފެށިގެން މިވަގުތާއި ހަމައަށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓް ބިލްޑިންގ ދާއިރާއަށް ޚާއްސަކޮށްގެން ލޯނު ފެސިލިޓީއެއް ތައާރަފްކުރުމަށްޓަކައި ބޭނުންވާ އެއްބަސްވުން ޑްރާފްޓްކުރެވި ބޭންކާއިއެކު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ކުރިއަށް ގެންދަވާކަމަށެވެ.
އަދި މިއީ ދިވެހީންނަށް މަސައްކަތުގެ ދާއިރާއިން ހުރި ފުރުސަތުތައް ފުޅާކުރުމަށް އިސްކަންދީގެން، ދިވެހީންނަށް ހާއްސަ ވަކި ދާއިރާތަކެއް ކަނޑައަޅައި ފަށާފައިވާ ތިން އަހަރުގެ މުއްދަތުގެ މަޝްރޫއެއްގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
މި ދާއިރާތަކުގެ ތެރޭގައި އޮޑިދޯނިފަހަރު ބަނުމުގެ އިތުރުން، މާވަޑާމުގެ ދާއިރާއާއި، ހެއަރ ޑްރެސަރ އެންޑް ބިއުޓީޝަން، ރިޒޯޓު މިއުޒީޝަނުންނާއި ބޭންޑުތައް، ކަސްޓަމަރ ސަރވިސްއާއި، ހައުސްކީޕިންގ، ފްރަންޓު އޮފީސް އަދި އެޗްއާރު މެނޭޖަރގެ އިތުރުން، ޑައިވިންގ އިންސްޓްރަކްޓަރުންނާއި ޓުއަރ ގައިޑުން ހިމެނެއެވެ. މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި، ޙައްޤުތަކެއް ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ސާބިތުކޮށްދޭން ޖެހޭ - ރައީސް

ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް، "ވާނުވާ ބަންދު" މައްސަލަ ހައްލުކޮށްދޭނަން - ރައީސް

ރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު - އޯއައިސީގެ ސެކެޓްރީ ޖެނެއަލް
