
--
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ އާއިލާއިން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

ޝަމްއާންގެ އާއިލާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވަމުންދާކަން ޝަމްއާންގެ ރައީސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި އެކަންތައްތަކަށް ރައީސް ދެއްވި ޖަވާބަކީ " ތިއީ ލޯޔަލް ވުން ނޫން" ކަމަށް ވެސް ޝަމްއާންގެ އާއިލާއިން ވަނީ ބުނެފައި އެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މިކަމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ މިނިސްޓަރު އިހްސާންއާއި ގުޅިގެން އެފަދަ އެއްވެސް ވާހަކައެއް ޝަމްއާންގެ ފަރާތުން އެމަނިކުފާނާއި ހަމައަށް އައިސްފައި ނުވާކަމަށެވެ.
އަދި ޝަމްއާންއާއި މެދު ފިޔަވަޅު އަޅަމުން އެދަނީ އޭނާ ކުރަމުންދިޔަ ކަންކަން ހެކިތަކާއި އެކު ފެނިގެން ކަމަށާއި ޝަމްއާންގެ މައްސަލައަކީ މިނިސްޓަރު އިހްސާންއާއި ސަރުކާރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް އޮތް މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް ފުރުސަތު ނުދިނުން ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ގުޅުންހުރި

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ

"ވާނުވާ ބަންދު" ގެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތަކާއިއެކު ރައީސް އެއް މޭޒަކަށް!

ރާއްޖެ 2.0 ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން - ރައީސް
