
ކުރީ ސަރުކާރުތަކުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ!
# ރައީސް މުއިއްޒު--
ކުރީގެ ސަރުކާރުތަކުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުކަމެއް މިހާރަކު ނޯންނާނޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖެއާއި އެހެނިހެން ގައުމުތަކާ ދެމެދު ވެފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުކަމެއް ނެތް ކަމަށާއި ނަމަވެސް އެއްބަސްވުންތައް ހާމަކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ، ނަމަވެސް އެ އެއްބަސްވުންތައް ހާމަކުރުމަށް އޮތް ހުރަހަކީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލައުސް" އޮތުން ކަމަށާއި އޭގެ ސަބަބުން އެއްބަސްވުންތައް ވެފައިވާ ގައުމުތަކުން އެ އެއްބަސްވުންތައް ހާމަކުރުމަށް ހުއްދަ ނުދޭތީ ހާމަނުކުރެވެނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ގައުމުތަކާއެކު އެކަމާ ގުޅިގެން "ބައިލެޓްރަލް މަޝްވަރާތައް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އެއްބަސްވުންތައް ހާމަކުރުމަށް މަސައްކަތްކުރަމުންދަނީ އެއީ ރިޔާސީ ވައުދުފުޅެއް ކަމުން ކަމަށެވެ.
"ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން. އެއީ އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
2023 ވަނަ އަހަރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ސަރުކާރުތަކުން އިންޑިއާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ.
ގުޅުންހުރި

ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް، "ވާނުވާ ބަންދު" މައްސަލަ ހައްލުކޮށްދޭނަން - ރައީސް

ރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު - އޯއައިސީގެ ސެކެޓްރީ ޖެނެއަލް

ތަސައްވުރަކީ، ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން!
