logoEN
Sto top
ވީއައިއޭގެ އައު ޓާމިނަލްގެ 90 އިންސައްތަ ނިމިއްޖެ - ރައީސް

ވީއައިއޭގެ އައު ޓާމިނަލްގެ 90 އިންސައްތަ ނިމިއްޖެ - ރައީސް

އަހުމަދު ޝުރާއު

logo

5/3/2025, 6:45:29 AM

# ރައީސް މުއިއްޒު

--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އާ ޓާމިނަލްގެ މަސައްކަތް އޮކްޓޯބަރަށް ނިމޭނެ ކަމަށް މީގެ ކުރިން ހާމަކުރި ނަމަވެސް ޓާމިނަލްގެ މަޝްރޫއު އެއަށްވުރެ އަވަހަށް ނިމޭތޯ މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ ދާދި ފަހުން އެޓާމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް މަސައްކަތު ސައިޓަށްވެސް ވަޑައިގެންފައި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިންމޭނެކަމަށް ކޮންޓްރެކްޓަރުން ދީފައިވާ ތާރީޚަކީވެސް މިއަހަރުގެ ދެވަނަ ކުއާޓަރެވެ. ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާއެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside