logoEN
Sto top
ރޭސިންގ ޓްރެކްޓުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްފިން - ރައީސް

ރޭސިންގ ޓްރެކްޓުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްފިން - ރައީސް

އަހުމަދު ޝުރާއު

logo

5/3/2025, 6:36:23 AM

# ރައީސް މުއިއްޒު

--

ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތް މިހާރު ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެގޮތުން ރައީސް ވިދާލުވީ ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާއި ކަމަށާއި އެ ޓްރެކް ތަރައްޤީ ކުރާނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން އެ ޓްރެކް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގެ ބޭރުން މޫދުން ބައެއް ހިއްކައިގެން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ތަނުގައި ރޭސިން ޓްރެކެއް އެޅުމަށް ނިންމާފައިވަނީ އެކަމުގެ ނުރައްކާތެރިކަމުން މީހުން ދިރުއުޅޭ ތަނެއްގައި ރޭސިން ޓްރެކެއް ހެދެން ނެތުމުން ކަމަށާއި މީގެ އިތުރުން ގުޅިފައިވާ ތަނެއްގައި މިކަން ކުރަން ބޭނުންވާއިރު، ރޭސިން ޓްރެކެއް އެޅުމަށް ހުޅުމާލޭގައި ވެސް ބިމެއް ނެތްކަމަށެވެ. ނަމަވެސް މި މަޝްރޫއު ހިންގުމަށް ނިންމާފައިވާ ސަރަހައްދަކީ ޖާގައިގެ ގޮތުން އެފަދަ ކަމަކަކަށް އެކަށޭނެ ތަނެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއު އެމްއޭސީއެލްއިން ކުރިޔަށް ގެންދަން ނިންމާފައިވަނީ އެކުންފުނީން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކަމަށާއި އެމަސައްކަތުގެ ޓެކްނިކަލް މަސައްކަތްތައް މިހާރު އެކުންފުނީން ފަށާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މައުލޫމާތުތައް ކުރިޔަށް އޮތް ތަކުގައި އެކުންފުނީން ހާމަކުރާނެ ކަމަށެވެ.

ރޭސިންގ ޓްރެކެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside