
ކާޑެއްދޫ - ތިނަދޫ ބްރިޖުގެ މަޝްރޫއުގެ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކުރަނީ
# ރައީސް މުއިއްޒު--
ކާޑެއްދޫ - ތިނަދޫ ބްރިޖުގެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާއި ހަވާލުކުރަން ތައްޔާރުވަމުންދާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު މިކަން ހާމަކުރީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
ކާޑެއްދޫ - ތިނަދޫ ބްރިޖާއި ގުލޭ މަޝްރޫއުާއި ގުލޭގޮތުން މައުލޫމާތު ދެއްވަމުން ރައީސްގެ ހުށަހެޅުއްވި ޕްރެސެންޓޭޝަންގައި ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން އެކޮނޮމިކް ކައުންސިލުން މިހާރު ވަނީ ހުއްދަ ދީފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކާޑެއްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ހާމަކުރައްވާފައި އެވެ،
ސަރުކާރުން މީގެ ކުރިން ވަނީ ތިނަދޫ ސިޓީގައި އެއާޕޯޓެއް އެޅުމަށް ނިންމައި ބަޔަކާއި އެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައި އެވެ. އެއީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ތިނަދޫއަށް ކުރެެއްވި ފުރަތަމަ ދަތުރުފުޅުގެ ތެރޭގައި އެވެ. ނަމަވެސް އެ މަޝްރޫއު މަޑު ޖައްސާލުމަށްފަހު ސަރުކާރުން މިހާރު ނިންމާފައިވަނީ ކާޑެއްދޫގައި މިހާރު އޮތް އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ބްރިޖަކުން ތިނަދޫއާއި ގުޅުވާލުމެވެ.
ތިނަދޫއާއި ކާޑެއްދޫއާއި ދެމެދު އޮންނަނީ ގާތްގަޑަކަށާ 3.7 ކިލޯމީޓަރުގެ ދުުރުމިނެކެވެ.
ގުޅުންހުރި

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ

"ވާނުވާ ބަންދު" ގެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތަކާއިއެކު ރައީސް އެއް މޭޒަކަށް!

ރާއްޖެ 2.0 ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން - ރައީސް
