
--
މާލެ އަތޮޅުގެ ރިސޯޓަކުން ކިނބުލެއް ފެނިއްޖެ އެވެ.

ކ. އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ފަޅުތެރޭގައި ކިނބުލެއް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު މީސް މީޑިއާގައި ވަނީ ފެތުރިފައި އެވެ.
މިކަމާއި ގުޅިގެން ސިފައިން ބުނީ އެރިސޯޓުގެ ފަޅުތެރެއިން ކިނބުލެއް ފެނިގެން ރިޕޯޓުކުރުމާއި ގުޅިގެން ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކިނބޫ ހިފުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަދި މިހާތަނަށް އެ ހިފިފައި ނުވާ ކަމަށް ސިފައިން ބުންޏެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނުފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ށ އަތޮޅުގެ ފަޅުރަށަކުން ކިނބުލެއް ވަނީ ފެނިފައި އެވެ.
ގުޅުންހުރި

ވާވު ޝިޕްވްރެކް ފަރުން ނެއްޓި، އޮޔާދާތީ ސަމާލުވާން އެދެފި

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިިފި: މީހުންގެ ސަލާމާތްކުރުމުގެ މަސައްކަތް ސިފައިން ކުރަނީ

ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަސް މިފަހަރުވެސް ސިފައިން ކުރީ ސަފުގައި!
