logoEN
Sto top
ހަނިމާދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރިޔަށްގެންދިޔުމަށް އެމްޓީސީސީއަށް!

ހަނިމާދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރިޔަށްގެންދިޔުމަށް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

4/8/2025, 12:42:25 PM

# އިސްލާމިކް މިނިސްޓްރީ

--

ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

Wamco

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ހަނިމާދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ އެއްބަސްވުން ބާތިލްކޮށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ ތެރޭގައި ވަނީ ހއ. ބާރަށާއި ބ. މޮޅަހުގެ އިތުރުން އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށާއި ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ވެސް އެމްޓީސީސީއާއި ހަވާލުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside