logoEN
Sto top
ރައީސް، ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސް، ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

3/20/2025, 6:09:39 PM

# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޓިއުނީޝިއާގެ ރައީސް، ހިޒް އެކްސެލެންސީ ޤައިސް ސަޢީދާއި، ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ކަމާލް މަދަވްވަރީއަށް ފޮނުއްވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ، ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަނީ 1956 ވަނަ އަހަރު، އެޤައުމަށް މިނިވަންކަން ލިބުނު ދުވަހާއި ގުޅުވައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside