
--
ކުދި އަދި މެދު ފަންތިގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ މަގާމުން ވަކިކޮށްފި އެވެ.

އެސްޑީއެފްސީގެ އެމްޑީގެ މަގާމުގައި ހުންނެވީ ފިފްޝީން ޢަލީ އެވެ. ޕީސީބީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މއ. ސީރާޒީގެ، އަލްފާޟިލާ ޢާއިޝަތު ފިފްޝީން ޢަލީ މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކުއްލި ގޮތަކަށް ފިފްޝީން ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.
ބޭންކިން އަދި ފައިނޭންސް ދާއިރާގައި ފިފްޝީން މަސައްކަތްކުރައްވަން ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް އިން 2003 ވަނަ އަހަރުގައެވެ. ބީއެމްއެލްގައި ފިފްޝީން ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ. ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވަރސިޓީން ބެޗެލާސް އޮފް ކޮމާސް ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.
ގުޅުންހުރި

އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެ

އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެސްޑީއެފްސީއިން އައު ފައިނޭންސިން ސްކީމެއް: މިހާރު ކުރިމަތިލެވޭނެ!

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ ބިއެމްއެލްއަށް ވިއްކާލަން ނިންމައިފި





