logoEN
Sto top
ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ނިންމައިފި

ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ނިންމައިފި

އަހުމަދު ޝުރާއު

logo

2/19/2025, 6:54:09 AM

# ބިދޭސީން

--

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލުމަށް ދާޙިލީ ވުޒާރާއިން ނިންމަވައިފިއެވެ.

Wamco

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ވުޒާރާއިން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.

ދާޙިލީ ވުޒާރާއިން މިއަދު ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެކަން އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.

ނަމަވެސް، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ދެންނެވުނު ފިޔަވަޅުން އިސްތިސްނާވާނެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވަނީ މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside