logoEN
Sto top
ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަނީ

ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަނީ

އަހުމަދު ޝުރާއު

logo

2/18/2025, 6:28:00 AM

# ޔޫތު މިނިސްޓްރީ

--

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަން ނިންމައިފިއެވެ.

Wamco

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 23،22 އަދި 24 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:00އަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް މި ސެޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން 22 ވަނަ ދުވަހު ބާއްވާ ޝެޝަން ވިލިނގިލީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު 23 އަދި 24 ވަނަ ދުވަހުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރގެ ހަރުގޭގައެވެ.

އެގޮތުން ސެޝަންތަކުގެ ތެރެއިން ބައިވެރިންނަށް ޓީމް ބިލްޑިންއާ ގުޅުންހުރި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންގައި ބައިވެރިވުމަށް 7925704އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside