logoEN
Sto top
ގައުމީ ކުތުބުހާނާއިން ދެ ސްކޫލަކަށް ފޮތް ހަދިޔާކޮށްފި

ގައުމީ ކުތުބުހާނާއިން ދެ ސްކޫލަކަށް ފޮތް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

2/16/2025, 11:46:35 AM

# ޔޫތު މިނިސްޓްރީ

--

ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ދެ ރަށެއްގެ ސްކޫލުތަކަށް ފޮތް ހަދިޔާކޮށްފިއެވެ.

Wamco

ކުތުބުހާނާއިން ބުނީ ފޮތް ހަދިޔާކޮށްފައިވަނީ ތ.ބުރުނީ އާއި ކ. ދިއްފުށީ ސްކޫލަށް ކަމަށެވެ. އެގޮތުން ބުރުނީ ސްކޫލަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 45 ފޮތް ކަމަށާއި ދިއްފުށީ ސްކޫލަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 93 ފޮތް ކަމަށް ކުތުބުހާނާއިން ބުނެއެވެ.

ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން އަންނަނީ އެކިއެކި އިދާރާތަކަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރަމުންނެވެ.

ސްކޫލުތަކަށް ފޮތްތައް ހަދިޔާކުރަނީ ސްކޫލްތަކުގެ ލައިބްރަރީ މުއްސަނދިކުރުމުގެ މަގުސަދުގައި ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް ގައުމީ ކުތުބުޚާނާއިން ވަނީ ޖުމްލަ 1،000 އަށްވުރެ ގިނަ ފޮތް އެކި ސްކޫލްތަކަށް ހަދިޔާ ކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside